Friday, May 31, 2024

އަލިފާން ފަރުބަދަ ގޮވާތީ އެންޓާކްޓިކާއަށް ރަނުގެ "ވާރޭ"

މަސްދަރު

 

މިއީ ހުވަފެނެއް ކަހަލަ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަގީގަތެކެވެ. ދުނިޔޭގެ އެންމެ ދެކުނުގައި އޮންނަ ގަނޑުފެނުގެ ބައްރު އެންޓާކްޓިކާގައި މިހާރު އަންނަނީ އެރެބަސް ކިޔާ އަލިފާން ފަރުބަދައެއް ގޮވަމުންނެވެ. އަދި މި ކަމުގެ ސަބަބުން ކޮންމެ ދުވަހަކު 621 މޭލު ދުރަށް 6،000 ޑޮލަރުގެ އަގު ހުރި ރަނުގެ "ވާރޭ"އެއް ބުރުއްސާލައެވެ.

 

އެންޓާކްޓިކާގައި 138 އަލިފާން ފަރުބަދަ ވާ ކަމަށް 2017 ގައި ހެދި ދިރާސާއަކުން ދައްކައެވެ. މީގެ ތެރެއިން ނުވަ އަލިފާން ފަރުބަދަ މިހާރު ވެސް ދަނީ ގޮވަމުންނެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އަލިފާން ފަރުބަދައަކީ އުސްމިނުގައި 12،448 ފޫޓު ހުރި އެރެބަސްއެވެ.

 

އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންގެ ކައްޕި ޖޭމްސް ކްލާކް ރޮސްއަށް 1841 ވަނަ އަހަރު މި އަލިފާން ފަރުބަދަ ފެނުނުއިރު ވެސް ދިޔައީ ގޮވަމުންނެވެ. "އެރެބަސް"އަކީ އޭނާ ދަތުރު ކުރި ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކަށް ކިޔާ ނަމެވެ.

 

އެމެރިކާއިން ހިންގާ މެކްމާޑޯ ސްޓޭޝަން ހުންނަނީ އެރެބަސް ފެންނަ ހިސާބުގައެވެ.

 

ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ އެރެބަސްގެ މެދުގައި އޮންނަ "މެގްމާ"ގަނޑެކެވެ. މެގްމާއަކީ ދުނިޔޭގެ ބޭރު ތޮށީގެ ދަށުގައި ދައުރު ކުރާ ހޫނުގަދަ ދިޔާކޮން ހުންނަ ހިލައެވެ. މި ފަދަ ސެޓެލައިޓް ފޮޓޯތަކުން ދައްކަނީ 1972 ވަނަ އަހަރުއްސުރެ އެރެބަސްގެ މި "ދިޔާ އަލިފާން" ގޮވަމުންދާ މަންޒަރެވެ.

 

އެރެބަސްއިން ކޮންމެ ދުވަހަކު ގޭހާއި އާވީގެ އިތުރުން ބިމުގެ އަޑީގައިވާ "ހަޒާނާ"ތައް ބޭރުކޮށްލައެވެ. އެ ގޮތުން ކޮންމެ ދުވަހަކު ދުނިޔޭގައި އެންމެ އަގުބޮޑު ހަތަރު މާއްދާއިން ކުރެ ރަނުގެ 80 ގްރާމް ބޭރުކޮށްލައެވެ.

No comments:

Post a Comment