Friday, May 31, 2024

މީހާ އެނގެއެވެ. ނަގާކަންވެސް އެނގެއެވެ. ނޯންނަނީ އެޅޭނެ ފިޔަވަޅެކެވެ.

މަސްދަރު: ކުޑޫ

ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކަށް 'އޮޅިގެން' ނުވަތަ 'އޮޅުވާލައިގެން" ފޮނުވާ ފައިސާ އަނބުރާ ނުހޯދެނީ ކީއްވެތޯ މިއީ ހަމަ އަބަދުވެސް ކުރެވެމުންދާ ސުވާލެކެވެ. މީހާ އެނގެއެވެ. ނަގާކަންވެސް އެނގެއެވެ. ނޯންނަނީ އެޅޭނެ ފިޔަވަޅެކެވެ.

'ކަމާއިބެހޭ ފަރާތްތައް' ދޭތެރެއަކުން ބައްދަލުވުންތައް ބާއްވައެވެ. މި ބައްދަލުވުންތަކުގެ ނަތީޖާ އެއް އާއްމުންނާއި ހިސާބަށް ފޯރާ ހެނެއް ހިޔެއް ނުވެއެވެ.

މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނަމަ ދުވާލު ތިންދަޅައަށް މިކަމެއް ނުހިނގާނެތާއެވެ. މިކަން ބެލޭނެ ޤާނޫނު / ޤަވާއިދު ނެތިއްޔާ ހަދާނީއެވެ. އެނގިދާނެތާއެވެ.

No comments:

Post a Comment