ނޯޓް: މި ރިޕޯޓްގެ އިނގިރޭސި ބަހުން އިނގިރޭސި ވިލާތުގެ "ދަ
ޓެލެގްރާފް" ނޫހުގައިވާ ރިޕޯޓް ކިޔާލުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތް
ކޮށްލާ:
"އަދިވެސް އޮންލައިން" މަޖައްލާއަށް އަހަރެން
ތަރުޖަމާ ކުރި ލިޔުމުގައި އެ މަޖައްލާއިން އިތުރު ކުރި، ރާއްޖެއާ ބެހޭ ޕެރެގްރާފް
އިނގިރޭސި ބަހުން ކިޔާލުމަށް ތިރީގައިވާ އަހަރެންގެ ބްލޮގްގެ ލިންކަށް ޒިޔާރަތް ކޮށްލާ:
https://hilath.blogspot.com/2023/12/uk-drops-plans-to-hand-chagos-back-to.html
+++
ދިވެހި
ބަހަށް ތަރުޖަމާ ކުރީ: އިސްމާއީލް ހިލްއަތު ރަޝީދު / އިތުރު ބައިތައް:
"އަދިވެސް އޮންލައިން" މަޖައްލާ
އިންޑިއާ
ކަނޑުގައި ދިވެހި ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޗާގޮސް ޖަޒީރާ،
މޮރިޝަސް ޖަޒީރާއާ ހަވާލު ނުކުރަން އިނގިރޭސި ވިލާތުން ނިންމައިފިއެވެ.
އިނގިރޭސި
ވިލާތުން މި ގޮތަށް ނިންމީ އެ ގައުމުގެ ދިފާއީ ވަޒީރު ގްރޭންޓް ޝެޕްސްގެ
ނިންމުމަކާ އެއްގޮތަށް ކަމަށް، އިނގިރޭސި ވިލާތުގެ ނޫސް "ދަ
ޓެލެގްރާފު"ން ރިޕޯޓް ކޮށްފައިވެއެވެ.
އިނގިރޭސި
ވިލާތުން މި ގޮތަށް ނިންމީ، 1814 ވަނަ އަހަރުއްސުރެ އިނގިރޭސީންގެ އަތްދަށުގައި
ޗާގޮސް އޮތީ ގާނޫނާ ހިލާފަށް ކަމަށް އދ.އިން ނިންމާފައިވަނިކޮށެވެ.
ޗާގޮސް
އޮންނަނީ ދިވެހި ރާއްޖެއާ ބަރާބަރު 310 މޭލު ދެކުނުގައެވެ. އަދި މި ޖަޒީރާއަކީ
އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިނގިރޭސީން ކުއްޔަށް ދީފައިވާ ޖަޒީރާއެކެވެ. އެ
ގޮތުން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާއަކީ މެދުއިރުމަތީގައިވާ
އެމެރިކާގެ ހަތުރުންނަށް ހަމަލަ ދޭން ބޭނުން ކުރާ އަސްކަރީ މަރުކަޒެކެވެ.
ރާއްޖޭގެ
ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ
މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ
ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ
ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް
އިން މި އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ
ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ
ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ
ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް
ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް
ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން
ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
މި
ރިޕޯޓް އިތުރަށް ކިޔާލުމަށް ތިރީގައި މިވާ "އަދިވެސް އޮންލައިން"
މަޖައްލާގެ ލިންކަށް ޒިޔާރަތް ކޮށްލާ:
https://adhives.mv/50134
No comments:
Post a Comment