Tuesday, December 19, 2023

ޓެލެގްރާމް ޓާސްކް ސްކޭމް ރާއްޖެއާ ހަމައަށް، ސަމާލުވޭ!

މިހާރު ހިންގާ އެންމެ ނުރައްކާތެރި ސްކޭމްގެ ގޮތުގައި ގިނަ ގައުމުތަކުން ކަނޑައަޅާފައިވާ ޓެލެގްރާމް ޓާސްކް ސްކޭމް ރާއްޖެއާ ހަމައަށް އައިސް، ދިވެހިން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެ އެވެ.

 

ގޭގައި ތިބެގެން އޮންލައިންކޮށް ކުދިކުދި މަސައްކަތްތައް ކޮށްގެން އާމްދަނީ ދޭނެ ކަމަށް ބުނެ ހިންގާ މި ސްކޭމުން އިންޑިއާގައި ވެސް ގިނަ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ އޮޅުވާލައިގެން ހޯދާފަ އެވެ.

 

މި ސްކޭމްގައި ފުރަތަމަ މެސެޖު ކުރަނީ ބޭރުގެ މަޝްހޫރު ކުންފުންޏެއްގެ ވެރިއެއްގެ ނަމުގައި އާންމުކޮށް ވަޓްސްއެޕުންނެވެ.

 

"ބޭރު ކުންފުންޏެއްގެ މާކެޓިން އިސް ވެރިއެކޭ ކިޔާފައި މެސެޖު ކުރީ. ގޭގައި ހުރެގެން ފަސޭހައިން ލާރި ހޯދަން ބޭނުންހޭ. ދެން އަޅުގަނޑު ލިންކްޑްއިން ޗެކުކޮށްލިއިރު، އެ ބުނާ މީހެއްގެ ޕްރޮފައިލް ވެސް އިން،" އެ ސްކޭމްގެ މެސެޖު ލިބުނު ދިވެއްސަކު ނަން ނުޖަހަން އެދި ބުންޏެވެ.

މި ރިޕޯޓް އިތުރަށް ކިޔާލުމަށް ތިރީގައިވާ "މިހާރު" ނޫހުގެ ލިންކަށް ޒިޔާރަތް ކޮށްލާ:

https://mihaaru.com/news/129131

No comments:

Post a Comment