ލިޔުނީ: ނައީމް އިބްރާހިމް (ނައިމްބެ)
1856 ވަނަ އަހަރު މިސްރުގެ ޚަދީވް ސަޢީދު ޕާޝާ ސުއޭޒް ކެނަލް ބިނާކުރަން ކުންފުންޏެއް އުފެއްދެވިއެވެ. ކުންފުނީގެ 52% ފަރަންސޭސިންނަށް ވިއްކަވާ، 4% އެހެންފަރާތްތަކަށް އަދި ބާކީ 44 %ޕާޝާ އަމިއްލަފުޅަށް ނެންގެވިއެވެ.1859 ވަނަ އަހަރު ކެނަލް އިމާރާތް ކުރަން ފެށިއިރު6 އަހަރުން ނިމޭނެކަމަށް ބެލި މަސައްކަތް ތަފާތު މައްސަލަތައް ދިމާވެ ގޮންޖެހުންތައް ބޮޑު ކަމުން 10 އަހަރަށް ދެމިގެންދިޔައެވެ.
މަސައްކަތް ހިނގަމުންދިޔަ މުއްދަތުގައި ޚަދީވް ގެންދެވީ ތަފާތު އެހެން މަޝްރޫއުތައް ވެސް ފައްޓަވަމުންނެވެ. މިސްރުގެ އިގްތިސާދީ ދުވެލި ބާރުކޮށް މިސްރު އަވަހަށް ތަރައްގީ ކުރައްވާށެވެ. ސިނާއީ މަސައްކަތްތަކާއި ތަފާތު އެކި ވިޔަފާރިތައް ފުޅާކުރުމަށް ފަރަންސޭސިންނާއި، ފަހުން އިނގިރޭސިންގެ އަތުން ގިނަ އަދަދަކަށް ލޯނު ހޯއްދެވިއެވެ. މިސްރު ތަރައްގީ ކުރަން ކުރާ މަސައްކަތެއްކަމުން ޚަރަދަކަށް ނުބައްލަވައެވެ. ފަރަންސޭސިންނާއި އިނގިރޭސިން ވެސް ޚަދީވް ވިދާޅުވި ބޮޑެތި އަދަދު ތަކުން ލޯނުތައް ދިނެވެ.
ދަރަންޏާއި މާލީ ދަންތުރައިގައި ޖެހިފައިވާ މިސްރު ފެނިވަޑައިގެން ތޫނުފިލިކަމާއި ހުޝިޔާރުކަމަށް މަޝްހޫރު އިނގިރޭސި ބޮޑުވަޒީރު ބެންޖަމިން ޑިސްރޭލި ދަނޑިވަޅުގެ ބޭނުންހިއްޕެވިއެވެ. ސުއޭޒް ކުންފުނީގެ މައި ހިއްސާ ބައްލަވައިގެންފިއެވެ. މިސްރަށް ސުއޭޒް ކެނަލް ވެސް ގެއްލިއްޖެއެވެ. ދަރަނިވެސް އިހުނަށްވުރެ ބޮޑުވެއްޖެއެވެ.
އިސާހިތަކު ޔޫރަޕްގެ ކްރެޑިޓަރުން
މިޞްރުގެ ދާޚިލީ ކަންކަމަށް ވެސް ވަދެގެންފިއެވެ. 1881 ވަނަ އަހަރު މިޞްރުގެ
ވަތަނީ ވިސްނުމުގެ މީހުން މިކަމާއި އައި ރުޅީގައި އިއުލާން ކުރީ ބޭރުގެ ހުރިހާ
ދަރަންޏެއް މިސްރުން އަމިއްލައަށް ކެންސަލް ކުރީކަމަށެވެ. ރާނީ ވިކްޓޯރިއާ ރައްދު
ދެއްވީ އެކަމަނާގެ ލަޝްކަރާއި ކަނޑުގެ ސިފައިން ނީލަ ކޯރުގެ އައްސޭރިއަށް
ފޮނުއްވައިގެނެވެ. ނަތީޖާއަކީ އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް މިސްރު ދެވަނަ
ބޮޑު ހަނގުރާމަ ނިމެންދެން ވެސް އިނގިރޭސިންގެ "ހިމާޔަތުގެ" ދަށަށް
ފުރޮޅިގެން ދިޔުމެވެ.
Dhera kameh. Visnun isnukoh amilla edhun bodukuraathee massala akee.
ReplyDelete