ލިޔުނީ: އިސްމާއީލް ޚިލްއަތު ރަޝީދު
ދާދި
ފަހުން އަނެއްކާވެސް "ޔޫރިން
އިންފެކްޝަނަ"ކަށް ރައްޓެއްސަކު ފަރުވާ
ކުރަން ޖެހުނެވެ. މި ކަމުން އަނެއްކާ
ވެސް އުފެދުނީ އެތައް ސުވާލު ތަކެކެވެ. ލިބުނީ އެތައް
ފިލާވަޅުތަކެކެވެ؛ ރާއްޖޭގައި މަސައްކަތް ކުރާ
ދިވެހި ޑޮކްޓަރުންނާއި ބިދޭސީ
ޑޮކްޓަރުން ދައްކާ ވާހަކަ ދިމާނުވުމުގެ މައްސަލައެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މި
ކަމުގައި ޑޮކްޓަރުންގެ މައްސަލައެއް ނެތެވެ.
ސަބަބަކީ ސައިންސްގެ އަލީގައި ހޯދާ ސިއްހީ މައުލޫމާތަށް ކުރަން ޖެހޭ
ދިރާސާތައް ގިނަކަމުން، އެއްވެސް ދިރާސާ
އަކީ ފުރިހަމަ ދިރާސާ އަކަށް ނުވުމެވެ.
އަދިވެސް އިތުރަށް ހޯދަންޖެހޭ މައުލޫމާތު ގިނަވުމެވެ. އަދި މި ކަމުގެ
ސަބަބުން ބޭސްތަކަށް ބަދަލު ގެންނަން ޖެހުމެވެ. މީގެ އިތުރުން
ކޮންމެ ބޭހަކީ ވެސް ކޮންމެވެސް ނުރައްކާތެރި "ސައިޑް
އެފެކްޓް"ތަކެއް ހުންނަ އެއްޗަކަށް ވާތީއެވެ.
މިހެންވެ،
ޔޫރިން އިންފެކްޝަން އަށް
ދޭތެރެދޭރެއިން ފަރުވާ ހޯދަންޖެހޭ މި ރަހްމަތްތެރިޔާގެ ސިއްހީ މި ދަތުރު
ވަރަށް ނާޒުކެވެ. އަބަދުވެސް ފިކުރު ކުރަން ޖެހިފައި އޮންނަނީ ދެން ހަދާނެ
ގޮތަކާއި އެއީ އަނެއްކާ ރަނގަޅު ގޮތްތޯ ބަލަން ޖެހުމެވެ.
ކުޑަކަމުދާ ތަކެތީގެ ފަރުވާ އަށް ސަމާލުކަން ދޭން ޖެހެނީ އެ ކަމުން ގުރުދާ ނުވަތަ ކިޑްނީ އަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށެވެ. ކިޑްނީ ބަލިތަކަށް ރަނގަޅު ފަރުވާއެއް ނުދެވިއްޖެ ނަމަ، އެއީ ބަލިމީހާގެ ފުރާނަ އަށް ވެސް ނުރައްކާ ހުރި މައްސަލަ އަކަށް ވާތީއެވެ.
މި ލިޔުން އެއްކޮށް ކިޔާލުމަށް
"އަދިވެސް" ވެބްސައިޓްގެ މި ލިންކަށް ޒިޔާރަތް ކޮށްލާ: https://adhives.mv/46133
No comments:
Post a Comment