Thursday, September 14, 2023

ރާއްޖޭގެ އޮންލައިން މަޖައްލާ "އަދިވެސް" އާ އަހަރެން ގުޅިއްޖައީމެވެ

ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހު ނޫސްވެރިކަމާ ދުރުގައި ހުރުމަށް ފަހު، ދާދި ފަހުން އަހަރެން ވަނީ "އަދިވެސް" އޮންލައިން މަޖައްލާ އަށް ލިޔަން ފަށައިފައެވެ. އަހަރެންގެ ލިޔުންތަކުގެ ލިންކްތައް ވަކިވަކިން ކޮންމެ ފަހަރަކު އަހަރެންގެ ސޯޝަލް މީޑިއާ ތަކަށް ލައި، ތިޔަ އެންމެހާ ފަރާތްތަކުގެ ސްމާޓް ފޯން އަށް ނޮޓިފިކޭޝަން އައުމުން އުނދަގޫ ވެދާނެތީ، މި ލިންކްތައް ވަކިވަކި މީހުންނަށާއި އޮންލައިން ގްރޫޕްތަކަށް ލާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. އެ ކަން އަހަރެން ދޫކޮށްލާނީ، އަހަރެންގެ ލިޔުންތައް ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ހުސް ވަގުތު ލިބޭ މިންވަރަކުން، އަހަރެންގެ ލިޔުންތައް ކިޔާލުމަށް އެ ފަރާތްތަކުން އަމިއްލަ އަށް ނިންމާ ހުސް ވަގުތުތަކުގައި ކިޔާލުމަށް "އަދިވެސް" އަށް ޒިޔާރަތް ކޮށްލުމަށް، ހުޅުވިފައިވާ ދައުވަތެއް ދޭ އުސޫލަށެވެ.

 

މި ގޮތުގެ މަތިން، ތިޔަ ފަރާތްތަކުން، "އަދިވެސް" ގައި ހުރީ އަހަރެންގެ ކޮންކޮން ލިޔުންތަކެއް ކަމާއި، އަދި ލަމުން އަންނަނީ ކޮން ލިޔުންތަކެއް ކަމަށް، ސަމާލު ކަން ގެނެސް، އެ ލިޔުންތަކުގެ ލިންކުތައް "އަޕްޑޭޓް" ކޮށް ފެންނާނެ ލިންކެއް މި ތާނގައި ހިމަނާ ލަމެވެ. މި ލިންކް އަކީ:

https://adhives.mv/author/hilath

 

އެހެންކަމުން، އަހަރެންގެ ލިޔުމެއް ކިޔާލަން ބޭނުން ނަމަ، އެންމެ ކުރީގެ އަދި އެންމެ ފަހުގެ ލިޔުންތަކުގެ ލިންކް ތައް ވެސް ހިމެނޭ، އަހަރެންގެ މި ވަނަވަރު ނުވަތަ "ޕްރޮފައިލް" ސަފުހާ އިން ފެންނަން ހުންނާނެއެވެ.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ.

2 comments: