Thursday, September 14, 2023

ޓައިޓޭނިކަށްފަހު ކެމެރަން ގުދުރަތްތެރިކަމުގެ ސިލްސިލާ ވާހަކައަކަށް

ލިޔުނީ: އިސްމާއީލް ހިލްއަތު ރަޝީދު

 

ހުލާސާ: އެންމެ ފުރަތަމަ އެއް ބިލިއަން ޑޮލަރު ލިބުނު ފިލްމް ކަމަށް ޓައިޓޭނިކް ވުމުން، ކެމެރަން ބުނެފައި ވަނީ، ޖޯކަކީ ހުރިހާ އިންސާނުންނަށް އެއް ގޮތަކަށް މަޖާނުވެދާނެ ކަމެއް ކަމަށް ވިޔަސް، ހިތާމަ އަކީ ހުރިހާ އެންމެންނަށް ވެސް އެނގޭ، އަދި އޭގެން އަސަރު ކުރާ ޖަޒުބާތެއް ކަމަށެވެ. އަދި މިހެންވެ އޭނާ އުފެއްދި މި ފިލްމް ވެގެން ދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ފިލްމަކަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ހިމެނެއެވެ. އަދި ދިވެހި ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ އިސް ނެގުމަކަށް އެޕްރިލް 1998 ގައި 27 ޝޯ ގާތްގަނޑަކަށް ހައުސްފުލްކޮށް އޮލިމްޕަސްގައި ދެއްކި އިރު ވެސް، މުސްކުޅިކަމުން ސިނަމާ އަށް ފިލްމަކަށް ނުދާތާ އެތައް އަހަރެއްވީ އިސްރަށްވެހިން ވެސް ޓައިޓޭނިކް ނުބަލާ ދޫކޮށެއްނުލިއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "ޓައިޓޭނިކް" ވެގެން ދިޔައީ ދިވެހިންނަށް އައި ސަގާފީ ކުޑަވަރެއްގެ އީދަކަށެވެ.

 

މި ލިޔުން ފުރިހަމަ ކޮށް ކިޔާލުމަށް "އަދިވެސް" އޮންލައިން މަޖައްލާގެ މި ލިންކަށް ޒިޔާރަތް ކޮށްލާ:

https://adhives.mv/46577

No comments:

Post a Comment