Wednesday, August 23, 2023

ތިޔައީ ހަމަ ތިހާ ނިކަމެތި މީހެއް ތޯ


ލިޔުނީ: އިސްމާއިލް ހިލްއަތު ރަޝީދު

 

ރިއާސީ އިންތިހާބުގެ ވޯޓު ލުން ކައިރިވަމުން އަންނަ ވަރަކަށް ބައެއް ކެންޑިޑޭޓުންގެ މާޔޫސް ކަން އިތުރު ވަމުންދާ ކަން ފާހަގަ ކުރެވެއެވެ.

 

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިއީ ސިއްރު ވޯޓެއް ކަމަށް ވިޔަސް، އެކިއެކި ކެމްޕޭން ޖަގަހަ ތަކުން އާއްމު ރައްޔިތުންނަށް ގުޅައި، ވޯޓު ދެނީ ކާކަށް ތޯ އޮޅުން ފިލުވައި، އެ ޖަހައެއް ތަމްސީލު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދޭން އެދުމެވެ. މި ވަރު ފުކެއް ބޮޑު ވީމާ ދެން ބުނާނީ ކީކޭ ހެއްޔެވެ؟

 

އާއެކެވެ. ރޭގައި ވެސް އަހަރެންނަށް އައި ފޯނު ކޯލަކީ މި ކަހަލަ ފޯން ކޯލެއް ކަން ސާބިތު ކޮށްދޭނެ ހެއްކެއް އަހަރެންގެ އަތަކު ނެތެވެ. ނަމަވެސް، ކޮންމެ ސިއްރުވެރި ފަރާތަކުން ވިޔަސް، އަދި މަގުސަދު އަހަރެންނަށް ނޭނގޭ ކަމަށް ވިޔަސް، މި ފަދަ ހާދިސާތައް އަހަރެންނަށް ގައިމު ވެސް ތަޖުރިބާ ކުރެވޭކަން ހާމަ ކުރުމުގެ ގޮތުން މި ވާހަކަ ހިއްސާ ކޮށްލަން ގަސްދު ކުރީއެވެ.

 

އަދި އަހަރެންގެ ފޯނު ނަންބަރު އަހަރެންގެ ހުއްދަ އެއް ނެތި މުވާސަލާތީ ކުންފުނިން ސިޔާސީ ކެންޑިޑޭޓުންގެ ކޭމްޕް ތަކާއި ތަފާތު އެކި ވިޔަފާރި ތަކަށް ފޯރު ކޮށްދިނުމުގެ ހައްގެއް ނޯންނާނެ ކަމަށް އަހަރެން ގަބޫލު ކުރާ ހާލު ގައެވެ.

 

ރޭގައި އައި ކޯލު ކުރި އަންހެން އަޑެއްގެ ވެރިޔަކު ފުރަތަމަ އިން ވެސް ފާހަގަ ކުރީ އޭނާ ތަމްސީލު ކުރާ ކެންޑިޑޭޓަށް އަހަރެން ވޯޓު ލާނެ ކަމަށް، އެ ޖަގަހަ އިން ކުރިން ކުރި ކޯލަކަށް އަހަރެން އެހެން ބުނެފައި ވާތީ އެ ކަމަށެވެ.

 

ނަމަވެސް އަހަރެން ނުބުނި ތަންކޮޅަކީ ކޮންމެ ޖަގަހަ އަކުން އަހަރެންނަށް ގުޅި ކަމަށް ވިޔަސް އަހަރެން އަބަދު ވެސް ބުނަނީ އެ ޖަގަހައެއްގެ ކެންޑިޑޭޓަށް ވޯޓު ލާނެ ކަމެވެ.

 

މި ގޮތަށް އަމަލު ކުރުމުގައި އަހަރެންގެ ދެ ސަބަބެއް ވެއެވެ. އެންމެ މުހިންމު ސަބަބަކީ މިއީ ސިއްރު ވޯޓަކަށް ވާއިރު އެ ސުވާލު އެހުމަކީ ގާނޫނީ ކުށަކަށް ވާތީ އެވެ. ހަމަ މި މޭރުމުން ވިސްނާއިރު، ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން އެދުމަކީ ވެސް ގާނޫނީ ކުށަކަށް ވާތީ އެވެ. އަނެއް ސަބަބަކީ މި ފަދަ ފޯނު ކޯލު ތަކަކީ ހަގީގަތުގައި ރައްޔިތުން ބުލީ ކޮށް، ހަންގާ ކުރުން ފިޔަވާ އެހެން ކަމެއް ނޫން ކަމަށް ވާތީ، އިތުރަށް އަހަރެން އެއްވެސް ވާހަކަ އެއް ދައްކަން ބޭނުން ނުވާތީ، މި ފޫހި ކަމުގައި، އަވަހަށް ބޮލުން ކަޓުވާލައި، އެ ފަރާތުން ފޯނު ވީހާ ވެސް އަވަހަކަށް ކަނޑާލަން އަހަރެން ބޭނުން ވާތީ އެވެ.

 

ރޭގައި ކޯލު ކުރި ކުއްޖާ ދެން ބުނީ އޭނާ ތަމްސީލު ކުރާ ކެންޑިޑޭޓަށް އަހަރެން ވޯޓު ލާނެ ކަމަށް ބުނެފައި ވާތީ އަހަރެންގެ އާއިލާގެ ހުރިހާ މެންބަރުން ގާތުން ވެސް އެ ކެންޑިޑޭޓަށް ވޯޓު ލައިދޭން އަހައިދީފާނަން ތޯ އެވެ. އަދި އެ ގޮތަށް އާއިލާގެ ހުރިހާ މެންބަރުން ލައްވާ ވޯޓު ލުމުގެ ޒިންމާ، މުޅި އާއިލެ ފަރާތުން އަހަރެން ނަގައިދިނުމަށެވެ.

 

އަހަރެންގެ ގާތަށް އައި ރުޅިގަނޑު ހިފަހައްޓާ ލެވުނީ ހަމަ ކިރިޔާ އެވެ.

 

"އަހަރެން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް، އަހަރެންނަކަށް އެހެން އިންސާނުންނަކަށް ނުފޫޒެއް ނުފޯރުވޭނެ. އަހަރެންގެ އާއިލާގެ އެހެން މެންބަރުން ވޯޓު ލާނީ އެ މީހުން ރުހޭ ގޮތަކަށް،" އަހަރެން ޖަވާބު ދިނީމެވެ.

 

ހަމަ މިހެން ބުނާއިރަށް، ރުންކުރު، މޫޑު ކަޓާފައިވާ ރާގެއްގައި އޭނާ އަހަރެންނާ ދިމާއަށް ބުންޏެވެ: "ތިޔައީ ހަމަ ތިހާ ނިކަމެތި މީހެއް ތޯ؟"

 

ހާދަހާ ވާ ހެއްވައެވެ. ސިއްރު ވޯޓެއްގެ ސިއްރު ކަން ނަގާލުން ފަދަ ގާނޫނީ ކުށެއްގައި އަހަރެން ބައިވެރިވާން ދެކޮޅު ހެދުމުން އެންމެ ފަހުން މި ގޯސް ވީ ހަމަ އަހަރެންނެވެ.

 

ނަމަވެސް އަހަރެންނެއް ހަރުކަށި ކޮށް އެއްވެސް ވާހަކަ އެއް ނުދައްކާނަމެވެ. ނޫނީ އަމަލެއް ނުކުރާނަމެވެ. ސަބަބަކީ ކުރިން ބުނި ފަދައިން ރިޔާސީ އެކި އެކި ކެންޑިޑޭޓުންގެ ނަމުގައި އަހަރެންނަށް އަންނަ ކޯލުތަކުގެ ހަގީގަތެއް، ސާބިތު ހެއްކާ އެކު އަހަރެންނަށް ލިބިފައި ނެތުމެވެ.

8 comments:

  1. Anonymous1:15 AM

    Brilliantly expressed. Wow. I loved tone and the way you used the remark she made to give the article its title! One of ur best work

    ReplyDelete
  2. Anonymous7:29 AM

    Quite a nice change to read one in Dhivehi written by you.
    These campaign calls are a real nuisance. Can't even answer a call from an unknown number these days thinking it might be one of those calls.

    ReplyDelete
    Replies
    1. Thank you so much for your generous words.

      As for the anonymous calls you receive, I can understand your frustration. As for me, it's somewhat a different experience: I have posted my mobile number all over my social media platforms, not just to keep in touch with family and friends, but also because clients want to get in touch with me to hand over writing jobs. So for me it's like a work hazard I cannot avoid 😀

      Delete
  3. އިންތިހާބު ގާތްވާ ވަރަކަށް ނުދަންނަ ނަންބަރުތަކުން އަންނަ ކޯލްތައް ގިނަވެއްޖެ. މަ ޖަވާބެއް ނުދެން. މާ މުހިންމު ވާހަކައެއް ވީއްޔާ އެމީހުން މެސެޖެއް ކޮށްލާނެތާ. ދެން ދިވެހި ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް ހީކުރަން. މީ ރަގަޅު ބަދަލެއް.

    ReplyDelete
    Replies
    1. Thiya ee hama varah rangalhu gotheh. Mashah thiya gothah amalu nukurevenee nudhahna meehaku ves masahkatheh havaalu kohlan gulhaalafaanethee 🙂

      Delete
  4. Anonymous11:06 PM

    EC in vejje siyaasee campaign kuraa faraaiy thakun beynun kuraa phone number thah limit koh e party egge website adhi campain banner thakuga e phone number thah hunnan jeheyne kamah kada alhan.

    Varah bodu udhagulakah vanee neygey number thakun abadhu gulhaathee. Anekkaa konmefadha gadi eggai ves gulhaafaane.

    Adhi vaki meehakah vote laan biru dhakkaa gothah ves eba vaahaka dhakkaa.

    ReplyDelete
    Replies
    1. Varah rangalhu vaahaka eh. Thiyahen hedheema rahyithun ge boluga rihun kuda vaane.

      Mashaa vaahaka dhehki kuhjaa ves vaahaka dhehkee thiya kahala raagakah. Eyna thamseelu kuraa candidate ah heevanee kahneynge konme aailaa akee e aailaa eh ge therey ga khudhu mukhthaaru veri kameh hin'gaa aailaa ekey. Mi kahala democracy nudhahna candidate un kon raees kameh kuraa kah! 🤮

      Delete