Sunday, October 20, 2024

މަޖާކުރަން ދިވެހި ފިލްމް ބަލަން ދިއުމުގެ ކުރިން ސިނަމާއަށް ދާ އެހެން މީހުންނަށްވާނެ އުނދަގުލާމެދު ވިސްނާލިން ހެއްޔެވެ؟

މަސްދަރު: މުސަލް މުއީން

ތަހުޒީބު ނުވާ ދިވެހިންނާއެކު ސިނަމާ ހޯލް އަށް ވަންނާކަށް ބޭނުމެއް ނޫން. އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމް ނުކޮށް ހަޅޭއްފަޅޭއް ޖަހާ ސަކަރާތް ޖަހަން ފިލްމު ބަލަން ދާނެ ކަމެއް ނެތް. ކިތަންމެ މަޖާ ފިލްމަކަށް ވިޔަސް އެހެން މީހުންނަށް އުނދަގޫ ވާގޮތަށް ކަންކަން ކުރުމަކީ ޢިލްމެއް އަހްލާގެއް ނެތް ކަމުގެ ހެއްކެއް.

ދިވެހި ފިލްމެއް ބަލަން މިދަނީ މަދު ފަހަރަކުން. މިހެން ދާ ކޮންމެ ފަހަރަކު ކޮންމެވެސް ގުރޫޕަކާ ހެދި ފިލްމު ބެލޭ ވަރެއް ނުވޭ.

މިރޭ ފިލްމު ބަލަން ދިޔައީ ގާތް އެކުވެރި އަކު ބުރަ މަސައްކަތްތަކެއް ކޮށްގެން ހެދި ފިލްމަކަށް ވީމަ. މުހިންމު ފިލްމަކަށް ވީމަ. ތަފާތު ފިލްމަކަށް ވީމަ. ބަލާ ހިތްވެގެން.

އެކަމަކު އެހެން މީހުންގެ އުނދަގުލާ ހެދި ބެލުނީ ފިލްމުގެ ކުޑަތަންކޮޅެއް.

ދެރަ ކަންކަން.

1 comment:

  1. Anonymous2:03 AM

    އުމުރުން 60 އަހަރުވަނީ. އަހަރެންނަކީ 70ގެ އަހަރުތަކުން ފެށިގެން ސިނަމާއިން ފިލްމް ބަލަން ޝައުގުވެރިވާ މީހެއް. ދިވެހިންގެ މެދު ސިނަމާއަށް ދިއުން ނުވަތަ ބައިސްކޯފް ބަލަން ދިއުމަކީ ވަރަށް ސާދާ ސަގާފަތެއް އޮތް ކަމެއް. އެހެންނަމަވެސް މިހާރު ސިނަމާ އަށް ނުވަތަ އޮލިމްޕަހަށް ވަދެ ދިވެހި ފިލްމެއް ބެލޭނެ މާހައުލެއް ނެތް. ސިނަމާގެ ބޮކޮތައް އަލި މަޑުކުރާ ހިސާބުން ފެށިގެން ހޯބޯލަވާ ހަޅޭއްލަވަން ފަށާ. ސްކްރީންއިން ފެންނަ މަންޒަރުތަކުގެ ރަނިންގ ކޮމެންޓްރީފަށާ. ފޯނުތަކުން ސްކްރީން ރެކޯޑް ކުރާންފަށާ. ސޯސަލްމީޑިއާއަށް ފިލްމުގެ މަންޒަރުތައް ޕޯސްޓް ކުރަންފަށާ. ފިލްމްގައި އުޅޭ ދެމީހަކު ގާތްވެލާ ކޮންމެފަހަރަކު ރޯއައުގުރާނަ ގޮވަންފަށާ. ހޯލުތެރެއަށް ރިހާކުރާ ރޮށި ވައްދައިގެން ކައި ހަދާ. ހޫނުފެން ތަރުމޯޒާ ކަޕް ނޫޑްލސް ވައްދައިގެން ކައިފި. ބާތުޑޭ އެއް ފާހަގަ ކުރަން ހޯލަށް ރިހާކުރު ފުރައިޑް ރައިސް ވައްދާ ކައި، ކޭކުގައި އުއްބައްތި ރޯކޮށްގެން ލަވަކިޔާ ބާތުޑޭ ފާހަގަ ކޮށްފި. މިހުރިހާ ކަމެއް ހޯލުގަ ހުރި ސިކިއުރިޓީ ކެމެރާ ތަކުން ފެނޭ. އެކަމަކު އޮލމްޕަހުގެ މެނޭޖްމަންޓުން ޝައުގުވެރިކަމާއެކު ފިލްމް ބަލަން ވަންނަ މީހާއަށް ފަހި މާހައުލެއް ގާއިމްކުރެވިފައި ނުކުޅެދިފަ ވަނީ ޤަވާއިދާއި އުސޫލު ތަންފީޒު ކުރަން ބޭނުން ނުވާތީ. މިއިހުމާލަކީ ގަސްތުގަ ރޭވިގެން ސިނަމާއަށް ދިއުމުގެ ރޫހު ނަގާލުމަށް ކުރާކަމެއް.

    ReplyDelete