ތަރުޖަމާކުރީ: އިސްމާއީލް ހިލްއަތު ރަޝީދު
ރޭޕްކުރުމުން މަރުގެ އަދަބު ކަނޑައަޅާ ބިލެއް އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގައި
ފާސްކޮށްފިއެވެ.
ކަލްކަތާގެ އާރް.ޖީ ކަރް ހޮސްޕިޓަލްގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމާ ގުޅިގެން
މުޅި ގައުމުގައި ހިނގި މުޒާހަރާތަކާއި ހަޅުތާލަށް ފަހު އިއްޔެ ފާސްކުރި މި ބިލް ދެން
ފޮނުވާނީ ވެސްޓް ބެންގޯލްގެ ގަވަރުނަރު އަނަންދަ ބޯސްއަށާއި ރައީސާ ދްރޫޕަދީ މުރްމޫއަށެވެ.
އަޕަރަޖިތަ ވުމަން އެންޑް ޗައިލްޑް ބިލް 2024 ނަމަކަށް ކިޔާ މި ބިލުން ކަނޑައަޅައިފައިވަނީ
ރޭޕްކުރުމުގެ ޝިކާރައަކަށްވާ މީހާ މަރުވެއްޖެ ނަމަ ނުވަތަ ނުކުޅެދޭ މީހަކަށްވެއްޖެ
ނަމަ ކުށް ސާބިތުވި މީހާއަށް މަރުގެ އަދަބު ދެވޭނެ ކަމަށެވެ.
މި ލިޔުން އިތުރަށް ކިޔައިލުމަށް ތިރީގައި މިވާ "އަދިވެސް" މަޖައްލާގެ
ލިންކަށް ޒިޔާރަތްކޮށްލާ:
No comments:
Post a Comment