Tuesday, July 30, 2024

މިއީ މާލޭގެ ބުޅާތަކުގެ "ބައްޕަ"، ބުޅާތަކަށް ހިތުގައި އޮތީ ހާއްސަ ޖާގައެއް!

"2019 އިން ފައްޓައިގެން ކޮންމެ ދުވަހަކު ވެސް 5 ޖަހާއިރު ކާންދޭން ދާނެ، އަދި ކުރީގައި ވެއްޖިއްޔާ ވަރަށް ގިނަ ވެސް ވާނެ. މިހާރު ޓީ ޖެޓީ ކައިރީ އުޅޭނެ 24 ބުޅާ، އިންޑަސްޓްރިއަލް ޒޯންގައި އުޅޭނެ 62 ބުޅާ، މެރީ ބްރައުން އޭރިޔާގައި އެއުޅެނީ 87 އެޑަލްޓު އާއި 19 ކިޓެން. މަދުވަމުން މިހާރު އެދަނީ، މަރުވާލެއް ވަރަށް ގިނަ، މީހުން މަރާލެއް ވެސް ގިނަވެއްޖެ." އަހުމަދު ވިޝަން ބުންޏެވެ.

 

މިއަދާ ހަމަޔަށް 129 ބުޅާ މަރުވިކަން ހިތާމަޔާއެކު އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތައް ކާބޯ ވައިރަސްގައި މަރުވަމުންދާ ކަމަށާއި ބަލި ޖެހޭ ބުޅާތަކަށް ފަރުވާދެވޭނެ ނިޒާމެއް ވެސް އެފަދަ ތަނަވަސްކަމެއް ވެސް ޖަމިއްޔާއަށް އަދި ލިބިފައި ނެތް ކަމަށެވެ. މާބޮޑު މާލީ އެހީއެއް އެ ޖަމިއްޔާއަށް ނުލިބޭތީ ބަލިވާ ބުޅާތަކަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް ކާން ދިނުމުގެ ކަންތައް ހުއްޓާނުލާ ބަރާބަރަށް އެ ޖަމިއްޔާއިން ކުރިޔަށް ގެންދާނެ ކަމަށް ވިޝަން ވަނީ ބުނެފައެވެ.

 

އޭގެ އިތުރުން، ބުޅަލުގެ އާބާދީ ވަކި ވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ބުޅާތައް ނިއުޓާ ކުރަން ނުވަތަ ސްޕޭ ކުރަން އެ ޖަމިއްޔާއިން އެދުނެވެ. އެކަން އެރިކާ ކްލިނިކް، އޮއޭސިސް ހޮސްޕިޓަލް، ޕެޓް ސްމާޓް އަދި ނައިފަރުގައި ހުންނަ ކްލިނިކުން ވެސް ކުރެވޭނެއެވެ.

 

މި ލިޔުން ފުރިހަމަކޮށް ކިޔައިލުމަށް "ވަގުތު" ވެބްސައިޓުގެ ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލާ:

https://vaguthu.mv/evaguthu/1095546/

No comments:

Post a Comment