I condemn hypocrisy in all its forms - މުނާފިގުކަމުގެ ހުރިހާ ސިފައެއް އަހަރެން ކުށްވެރިކުރަމެވެ

Thursday, March 27, 2025

ޣައްޒާގައި ކޮންމެ 45 މިނެޓަކުން ކުއްޖަކު ޝަހީދުކޮށްލާ

ތަރުޖަމާކުރީ: އިސްމާޢީލް ޚިލްއަތު ރަޝީދު

 

ނޯޓު: މިއީ އަލް ޖަޒީރާގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގެ ތަރުޖަމާއެއް

 

ސުރުހީގައި އެ ވަނީ ވޭތުވެދިޔަ 535 ދުވަހު ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުން ދުވާލެއްގެ މައްޗަށް ފަލަސްތީނުގެ ޣައްޒާގައި ނިސްބަތުން 30 ކުޑަކުދިން ޝަހީދުކޮށްލިކަމުގެ ތަފާސްހިސާބެވެ.

 

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށި ފަހުން އިސްރާއީލުންވަނީ މަދުވެގެން 17،400 ކުދިން މަރައިލައިފައެވެ. އޭގެ ތެރޭގައި ކާކުކަން ދެނެގަނެވުނު 15،600 ކުދިން ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ކުދިން އަދިވެސް ވަނީ ބިމާހަމަކޮށްލި އިމާރާތްތަކުގެ ދަށުގައި ސުންނާފަތިވެފައިވާ ގާތަކުގެ ދަށުގައި ވަޅުލެވިފައެވެ. އޭގެ ތެރެއިން ގިނަ ކުދިން ބެލެވެނީ މަރުވެފައިވާ ކަމަށެވެ.

 

ސަލާމަތުން މި ވަގުތު ތިބި ގިނަ ކުދިންނަކީ އެތައް ހަނގުރާމައަކުން ނަފުސާނީ އަސަރުކޮށްފައިވާ ކުދިންނެވެ. އެ ހުރިހާ ކުދިންނަކީ އިސްރާއީލުން ބައްދައިލައި އެކަހެރިކޮށްލައިފައިވާ ޖަލެއް ކަހަލަ ތަނެއްގައި އުފަންވީއްސުރެ ދިރިއުޅެމުން އައިސްފައިވާ ކުދިންނެވެ. މި ކަމުގެ ސަބަބުން އެ ކުދިންގެ ހުރިހާ ކަމަކަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

 

މި ލިޔުން އިތުރަށް ކިޔައިލުމަށް ތިރީގައި މިވާ "އަދިވެސް އޮންލައިން" މަޖައްލާގެ ލިންކަށް ޒިޔާރަތްކޮށްލާ:

https://adhives.mv/67102

No comments:

Post a Comment