އެމެރިކާގެ ޔޫޓާ ސްޓޭޓްގައި ދިރިއުޅޭ ކެރީ ކްލާކްގެ ޕެޓް ބުޅާ
"ގަލީނާ" މި މަހު 10 ވަނަ ދުވަހު ގެއްލުނެވެ. އޭނާ ހާސްވި ވަރުން އޭނާ
އުޅޭ ގޭގެ ކައިރީގައި ބުޅާ ގެއްލިއްޖެ ކަމުގެ ޕޯސްޓަރުތައް ހިއްޕިއެވެ.
އޭގެ ހަފުތާއެއް ފަހުން ކެރީއަށް ކޯލެއް އައެވެ. އެތައް ސަތޭކަ ދުރުގައިވާ
ލޯސް އެންޖަލިސް ސިޓީންނެވެ. ކޯލު ކުރީ ޖަނަވާރުންނަށް ބޭސް ކުރާ ވެޓްއެކެވެ.
ވެޓް ބުނީ ގަލީނާ ފެނުނީ އޮންލައިން ވިޔަފާރި ކުރާ އެމެޒޯންގެ ގުދަނެއްގައި
ހުރި ފޮއްޓެއްގެ ތެރެއިން ކަމަށެވެ. ޕާސަލް ކޮށްފައިވާ އެ ކޮށީގައި ބުޅަލުގެ
އިތުރުން ބޫޓުތަކެއް ހުރި ކަމަށެވެ.
ކެރީ ލަފާ ކުރަނީ އެމެޒޯންގައި ވިއްކަން އޭނާ ފޮނުވި ބޫޓުތަކެއް ލާފައި ހުރި
ފޮއްޓަށް ގަލީނާ ފުއްމާލީ ކަމަށެވެ. އަދި އެ ކަން ނޭނގޭ ހާލަތުގައި ފޮށި ޕާސަލް
ކޮށްލާފައި އެމެޒޯންގެ ގުދަނަށް ފޮނުވުނީ ކަމަށެވެ.
"ގަލީނާ ފެނުނު ހަބަރު ލިބުމުން އަހަރެންނާއި އަހަރެންގެ ފިރިމީހާއަށް
އުފަލުން ރޮވުނު،" ކެރީ ބުންޏެވެ.
އޭނާ ބުނީ އެ ފޮށީގައި ހުންނާނީ އެމެޒޯންގެ ކަސްޓަމަރުން ގޮތް ބަލައިލަން
ފޮނުވި ބޫޓުތަކެއް ކަމަށެވެ.
"ލަފާ ކުރެވެނީ އެ ބޮޑު ފޮށީގެ ތެރެއަށް ގަލީނާ ފުއްމާލީ ކަމަށް،"
ކެރީ ބުންޏެވެ.
ކެރީ އާއި އޭނާގެ ފިރިމީހާ ވަގުތުން ލޯސް އެންޖަލިސް އަށް ފުރިއެވެ. އޭނާގެ
ބުޅާ ފެނުނު ކަމަށްވަނީ އެމެޒޯންގެ މުވައްޒަފެއް ކަމަށްވާ ބްރޭންޑީ ހަންޓާއަށެވެ.
އަދި ވަގުތުން އޭނާ ގަލީނާ ސަލާމަތް ކުރި ކަމަށް ވެއެވެ.
ހައެއްކަ ދުވަހު ފޮށިގަނޑުގައި އޮންނަން ޖެހުމުން ގަލީނާ ވަނީ ބަނޑުހައިވެ،
އަދި ފެންބޮވާފައެވެ.
"އެ ނޫން ސިއްހީ މައްސަލައެއް ދިމާ ނުވޭ،" ކެރީ ބުންޏެވެ.
ބްރޭންޑީ ބުނީ ގަލީނާގެ ހަރަކާތްތައް ހުރި ގޮތުން އެ ބުޅަލަކީ މީހަކު
ގެންގުޅޭ ޕެޓެއް ކަމަށް ލަފާ ކުރެވުނު ކަމަށެވެ.
"އެ ރޭ އަހަރެން ގަލީނާ ގެއަށް ގެންދިޔައިން. ޖެހިގެން އައި ދުވަހު ވެޓްގެ ގާތަށް ގަލީނާ ގެންދިޔައިން. އެ ސޮރު ހުންނަ ހިސާބު ދައްކައިދޭ މައިކްރޯޗިޕެއް ގަލީނާގެ ހަށިގަނޑުގައި ހަރު ކޮށްފައިވޭތޯ ބަލަން،" ބްރޭންޑީ ބުންޏެވެ.
No comments:
Post a Comment