Monday, September 16, 2024

ކޮފީއާ ބެހޭ ވާހަކަތައް

ލިޔުނީ: ހަސަން ނަޖުމީ 

 

ކޮފީއާ ބެހޭގޮތުން ހޯދުނު ހައިރާން ކުރުވަނިވި ސައިންސުގެ ހޯދުންތަކަކުން އެއިން ހަށިގަނޑާއި ސިކުނޑިއަށް ކުރާ އަސަރުތައް ވަނީ ދެނެގަނެވިފައެވެ. ކެފެއިން އާ ބެހޭ އެންމެ ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ކޮފީ އާއި ޑީކެފް އަކީ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް އެނާޖީ ޑްރިންކްތަކަކީ މަރުވާ ފަދަ ނުރައްކާތެރި އެއްޗެކެވެ.

 

"އަހަރެން ހަމަ ކޮންމެ ދުވަހަކުވެސް ކޮފީ ބޮން،" ކޮފީ ބޯ މީހުން ބުނެއެވެ. މިއީ ތިބާއަށް ވެސް ކަމުދާ އެއްޗެއް ނަމަ މިކުލަބަށް މަރުހަބާ ކިޔަމެވެ.

 

ކޮފީގެ އެންމެ މަޝްހޫރު ކޮމްޕޮނެންޓް ކަމަށްވާ ކެފެއިން އަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ސައިކޯއެކްޓިވް ބޭސް ކަމަށް ލަފާކުރެވޭއިރު، ކޮންމެ ދުވަހަކު އެތައް ބިލިއަން ބަޔަކު މި ބޭސް ބޭނުންކުރެއެވެ. އެކަމަކު އެޑިކްޓްވާ އެހެން މާއްދާތަކާ ހިލާފަށް މިއީ ބޮޑު ތަނުން ރެގިއުލޭޓްކޮށް ނުހުއްޓުވޭ އެއްޗެކެވެ. ހޭލާ ހިސާބުން ފެށިގެން އެ މާއްދާއާ ނުލައި ވަޒީފާ އަދާކުރަން އުނދަގޫވެދާނެ ކަމަށް ހީކޮށް އެއްވެސް މީހަކު މި ބޭނުން ކުރުން ހުއްޓުވާކަށް ނޫޅެއެވެ.

 

މި ލިޔުން އިތުރަށް ކިޔައިލުމަށް ތިރީގައި މިވާ "އަދިވެސް" މަޖައްލާގެ ލިންކަށް ޒިޔާރަތްކޮށްލާ:

https://adhives.mv/60265

No comments:

Post a Comment