Wednesday, August 21, 2024

އިންޑިއާގައި ރޭޕްކޮށް މަރައިލި ޑޮކްޓަރުގެ ހާދިސާ: ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

ތަރުޖަމާކުރީ: އިސްމާއީލް ހިލްއަތު ރަޝީދު

 

އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިރަށް ކޮލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމުން މަސައްކަތު ދާއިރާގެ މާހައުލު ރައްކާތެރި ތަންތަން ކަމަށް ހެދުމަށް ގޮވާލައި މުޅި ގައުމުގައިވަނީ މުޒާހަރާކޮށްފައެވެ.

 

ރާދާ ގޮބިންދާ (އާރް.ޖީ) ކަރް މެޑިކަލް ކޮލެޖްގެ ސެކަންޑް އިޔަރ ޕޯސްޓްގްރެޖުއޭޓް ޓްރޭނީ، ޑރ. މޫމިތާ ދެބްނާތު ވަނީ މި މަހު ނުވަ ވަނަ ދުވަހު ރޭޕްކޮށް، މަރައިލައިފައެވެ. އެއީ މި މަހު 15 ގައި އިންޑިއާގެ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށް ތައްޔާރުވެފައިވަނިކޮށެވެ.

 

މި ހާދިސާގެ އަސަރު އިންޑިއާއި ބޭރަށް ވެސް މިހާރު ވަނީ ކޮށްފައެވެ.

 

މި ކަމުން އެނގިގެންދިޔައީ މަސައްކަތުގެ މާހައުލުގައި ވެސް ޑޮކްޓަރުންނަށް، ވަކިން ހާއްސަކޮށް އަންހެނުންގެ ސަލާމަތްތެރިކަމަށް، ފިޔަވަޅުއަޅަންޖެހިފައިވާ ކަމެވެ.

 

މި ލިޔުން އިތުރަށް ކިޔައިލުމަށް ތިރީގައި މިވާ "އަދިވެސް" މަޖައްލާގެ ލިންކަށް ޒިޔާރަތްކޮށްލާ:

https://adhives.mv/59242

No comments:

Post a Comment