Friday, July 12, 2024

ކޮލަމް އަލި: ބޭނުންހައި އެއްޗެއް ބޭނުން ހައި ގޮތަކަށް ބުނެގެން ނުވާނެ! ލިޔެގެން ވެސް ނުވާނެ!

 ދިވެހިބަހުގެ މުއްސަނދިކަމާއި އޭގެ ރީތިކަން ނަގައިލުމުގެ ހައްގެއް އެއްވެސް ދިވެއްސަކަށް ލިބިގެނެއް ނުވެއެވެ. އޮތީ ހެޔޮ ގޮތުގައި ބަސް ބޭނުންކުރުމެވެ. ދިވެހިބަހަށާއި ދިވެހި ގައުމަށާއި ދިވެހި ޤައުމިއްޔަތަށް ހެޔޮ އެދެންޏާ ދިވެހިބަހަށް ހެޔޮ އެދޭނެއެވެ. ދިވެހިބަހުން އެއްޗެއް ބުނެ ނުވަތަ ލިޔެ ހާމަކުރުމުގެ ކުރިން ތިމާއަށް ނުވަތަ ތިމަތިމާމެންނަށް އެ ލިޔެވުނު އެއްޗެއް ލިޔެވުނީ ބަހުގެ ހަމަތަކަށް ފެތޭހެންތޯ ބަލަންވާނެއެވެ. އެ ޒިންމާ ނަގަންވާނެއެވެ. އެ ކަމުގައި ޝައްކެއް އޮތިއްޔާ ބަހުގެ ތަންދޮރު ދަންނަ މީހަކަށް ދައްކައިލައި ލަފައެއް ހޯދަންވާނެއެވެ.

 

ބަހަކީ އަމާނާތެކެވެ. މި އަމާނާތް ދަރީންގެ ދަރީންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުވައިދޭން ޖެހޭނެއެވެ. މި ކަން ކުޅައުމުގެ އެންމެ އިސް މަސްލަހަތުވެރީންނަކީ މައިންބަފައިންނާއި އެދުރުންނެވެ. ގިނަފަހަރަށް ލިޔާންވީ ގޮތުގެ ހަމަތަކާއި ރަސްމީކޮށް ބުނާންވީ ގޮތް ދަސްކޮށްދޭ ބަޔަކީ އެދުރުންނެވެ. ދިވެހިބަހުގެ އެދުރުން ކުށް ކިޔަންޏާ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އޭރަށް ދަރިވަރުންނަށް އެ ދެއްކޭ ނަމޫނާ ރީއްޗެއް ނޫނެވެ. ރަނގަޅެއް ވެސް ނޫނެވެ.

 

މި ލިޔުން އިތުރަށް ކިޔާލުމަށް ތިރީގައިވާ "އަދިވެސް" މަޖައްލާގެ ލިންކަށް ޒިޔާރަތްކޮށްލާ:

https://adhives.mv/56199

No comments:

Post a Comment