... ރައީސް ދެކެވަޑައިގަންނަވާ ގައުމިއްޔަތު ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވަމުންދާއިރު، އެކަމުގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. އެފަދަ ކަންބޮޑުވެއް ފާޅުކުރެއްވި އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ.
"ސަރުކާރުން ދަރިވަރުންނަށް ކިޔަވާދޭން ބޭނުންވަނީ ވައަތު ފިޔައިގެ
ގައުމިއްޔަތު ތޯ؟ ކަނާއަތު ފިޔައިގެ ގައުމިއްޔަތު ތޯ؟ ނުވަތަ ހައްދު ފަހަނައަޅާފައިވާ
ގައުމިއްޔަތު ތޯ؟ ނޫނީ، ނަސްލީ ގައުމިއްޔަތު ތޯ؟ ލުޣަވީ ގައުމިއްޔަތު ތޯ ނުވަތަ މަޒްހަބީ
ގައުމިއްޔަތެއް ތޯ؟،" ސަވާދު ލިޔުއްވާފައިވެ އެވެ.
އެކަމުގެ ކަންބޮޑުވުންތައް އިތުރަށް ހިއްސާ ކުރައްވަމުން
ސްކޫލުތަކުގައި ގައުމިއްޔަތު ކިޔަވައިދޭއިރު އެކަމާ އެއްބަސްނުވެއްޖެއްޔާ ވާނީ ކިހިނެއްތޯ
އެވެ.
"ސަރުކާރުން ތަންފީޒުކުރާ 'ގައުމިއްޔަތު' ގެ މާއްދާ [ނުވަތަ
ސިޔާސަތާ] އާއި އެއްބަސް ނުވާ ދަރިވަރަށް ވާނީ ކިހިނެއް؟ ސަރުކާރުގެ ޤައުމިއްޔަތު ސިޔާސަތާ
ދެކޮޅުވާ މީހާ 'ޚާއިނަކަށް' ވެ ކުށްވެރިވާނެތޯ؟ އެ ކުށުގެ އަދަބަކީ ކޮބާ؟ މިކަމުގަ
ހިޔާލު ތަފާތުވުމަށް އޮތީ ކިހާ ޖާގައެއް؟،" ސަވާދު ވިދާޅުވި އެވެ.
މި ރިޕޯޓް ފުރިހަމަކޮށް ކިޔާލުމަށް "އަދަދު"
ނޫހުގެ މި ލިންކަށް ޒިޔާރަތް ކޮށްލާ:
https://adhadhu.com/report/49792
A MALDIVIAN FRIEND'S COMMENT ABOUT THIS ARTICLE: "It is a well written and researched article."
No comments:
Post a Comment