...މާލޭގައި ރައީސް މައުމޫނާއި ދެކޮޅަށް އެމްޑީޕީން މުޒާހަރާކުރަމުން ގެންދަނިކޮށް އެއްދުވަހެއްގައި މާލެ ސިއްސުވައިލި ޚަބަރަކީ ދިއްދޫރައްޔިތުން ގަދައަށް މަސްބާނައިގެން އައިސް އަތޮޅުވެރިޔާ ހުންނެވި އަތޮޅު އޮފީސް ތެރެޔަށް އެމީހުން މަސްތައް އަޅައިލި ވާހަކައެވެ. އެޚަބަރު އިވުމާއެކު އެމްޑީޕީގެ ލީޑަރ ޝިޕުން އިބްރާހީމް ހުސައިން ޒަކީމެންފަދަ ބޭފުޅުން ދިއްދުއަށް ވަޑައިގެން ދިއްދޫ މަސްވެރިންގެ ހިތްވަރުގަދަ އަމަލަށް ވަރަށް ތާރީފުކޮށް މަރްހަބާ ކިޔައި ހެދިއެވެ. އޭގެ ދުވަސްކޮޅެއްފަހުން ދިއްދޫގެ މަސްވެރިކަން ދަށްވަމުން ދަށްވަމުންގޮސް މިހާރު އެއީ މަސްވެރި ރަށެކޭ ބުނާ ބަޔަކުވެސް އުޅޭނެހެންނެއް ހިޔެއް ނުވެއެވެ. މީހުން ކިޔާގޮތުން ﷲ ދެއްވި ރޯއްޖަށް ފުރަގަސްދީ އުކައިލުމުން އެކަމުގެ ސުންޕާކަން އެހިސާބުގަނޑުގެ މަސްވެރިކަމަށް ޖެހުނީއެވެ. އުތުރުގައި މަސްގަތުމަށް ޤާސިމް އިބްރާހީމް އުފެއްދި މުޅި މިސަރަހައްދުގައިވެސް އެންމެ ފެންވަރު މަތީ މަސްފެކްޓްރީއަށް ގަންނާނެ މަސްކޮޅެއް ނުލިބި ތަޅުއެޅުވި ގޮތަށް އެފެކްޓްރީ އަދިވެސް ހުރީ ބަންދުކޮށްފައެވެ. އަނެއް ބަޔަކު ބުނަނީ މައުމޫން ވައްޓައިލާން ދިއްދޫމީހުން ރޯއްޖަށް ފުރަގަސްދިނުމުން މައުމޫން ވެއްޓިގެންދިޔައިރު ދިއްދޫގެ މަސްވެރިކަން ވެސް ވެއްޓުނީއެވެ. އެއީ ކަރާމަތެކެވެ.
މާކުރީގައިވެސް މިބާވަތުގެ ކަންކަން ހިގާފައި ހުރެއެވެ.
މި ލިޔުން ފުރިހަމަކޮށް ކިޔާލުމަށް ތިރީގައި މިވާ މުހައްމަދު ރަޝީދުގެ ފޭސްބުކް ސޮފުހާ އަށް ޒިޔާރަތް ކޮށްލާ:
No comments:
Post a Comment