Saturday, December 09, 2023

މިހާތަނަށް ދިވެހި އަންހެނަކު ދިން އެންމެ ރަނގަޅު ތަގުރީރު

ސުރުހީގައި އެ ވަނީ އަހަރެންގެ ރައްޓެހި އަންހެނަކު ބުނި ގޮތެވެ.

 

"ފިސާރި އަންހެނެއް"، ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާރު ވުމުން، މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ދެއްވި ތަގުރީރާ ގުޅޭ ގޮތުން އަހަރެންގެ ރައްޓެހި އަންހެން މީހާ އިތުރަށް ބުނެލިއެވެ.

 

އީވާ ދިވެހި ބަހުން ދެއްވި 27 މިނެޓްގެ ތަގުރީރުގައި ވަނީ ރާއްޖޭގެ ސިޔާސީ، އިގުތިސާދީ، އަދި އިޖުތިމާއީ ކޮރަޕްޝަންތަކުގެ ހަގީގީ ވާހަކަތަކަށް އަލުން އަލިއަޅުވާލައްވައިފައެވެ. 

 

އަހަރެންގެ ރައްޓެހި އަންހެން މީހާ ބުނި ވާހަކަ އަށް އަހަރެން އެއްޗެއް އިތުރު ކޮށްލާނަމެވެ. މިއީ މިހާތަނަށް އަހަރެންގެ ގައިން ހީބި ނެގި އެންމެ ވަރުގަދަ ތަގުރީރު ކަމެވެ. ހިތަށް ބޮޑެތި އެތައް ބިރުވެރިކަމެއް ވަތް ތަގުރީރު ކަމެވެ.

 

އަހަރެން އީވާ އަށް ސެލިއުޓް ނަގަމެވެ.

 

މި ވީޑިއޯ އަކީ ސުކުން ޕްލޭގެ ފޭސްބުކް ސަފުހާގައިވާ ވީޑިއޯއެކެވެ. ވީޑިއޯ ބަލައިލެވޭނެ ލިންކް ތިރީގައި މިވަނީއެވެ:

https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&mibextid=Nif5oz&v=806274014634130 

ސުކުން ޕްލޭގެ ވެބްސައިޓަށް ދެވޭނީ ތިރީގައިވާ ލިންކުންނެވެ:

https://sukunplay.com/ 

No comments:

Post a Comment