ޑރ. މުހައްމަދު މުއިއްޒު 17 ނޮވެމްބަރުގައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް
ފަހު ކެބިނެޓް އިއުލާން ކުރެއްވިއިރު ވަނީ "މިނިސްޓްރީ އޮފް އެގްރިކަލްޗަރ
އެންޑް އެނިމަލް ވެލްފެއާ"ގެ ނަމުގައި، ދަނޑުވެރިކަމާ ބެހޭ ވުޒާރާ،
ހައިވާނުންގެ ދުޅަހެޔޮކަން ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ހާއްސަ
ކުރައްވައިފައެވެ.
ހަމަ އެ ދުވަހު މި މިނިސްޓްރީގެ ވަޒީރަކަށް ވަނީ ޑރ. އައިޝަތު ރަމީލާ ("އިންސެޓް"ގައިވާ ފޮޓޯގައި) އިސްކުރައްވައިފައެވެ.
އެ ގޮތުން މާބަނޑު ބުޅަލެއްގެ ބަނޑަށް ވަޅި ހަރާ ދިވެހި ފިރިހެނަކު ވަނީ އެ
ބުޅާ މަރާލައިފައެވެ. މި ހަބަރު "އަދިވެސް އޮންލައިން" މަޖައްލާގެ
"އަދިވެސް ނިއުސް ޑެސްކު"ން ވަނީ ގެނެސްދީފައެވެ. ތިރީގައި މިވާ
ލިންކުން ކިޔާލާށެވެ:
ހަމަ މިއާ ވިދިގެން، ދިވެހި ފިރިހެނުންގެ ގްރޫޕަކުން ވަނީ ބުޅަލެއް ފަޅު
ތެރެއަށް ވައްޓާލާ، ގަރަގު ވެގެން އޭތި މަރުވާން ދޫކޮށްލަން މަސައްކަތް ކޮށް، މި ކުށް
ކުރި ތަނުން ފިލާފައެވެ. އެ ބުޅާ ސަލާމަތް ކޮށްދިނީ އެ ތަނުގައި ތިބި ބަޔަކު
ހަބަރު ކުރުމުން ދިވެހި ފުލުހުން އެ ތަނަށް ގޮސް ފަޅުތެރެއަށް ފުއްމާލައިގެންނެވެ.
ހަމަލާ ދިން މީހުން ފިލާފައިވާތީ ވީޑިއޯ ނަގާފައިވަނީ ފުލުހަކު މޫދަށް އެރި އެ
ބުޅާ ސަލާމަތް ކުރާ ހިސާބުންނެވެ (އެންމެ މަތީގައިވާ ސްކްރީން ޝޮޓް). ސޯޝަލް މީޑިއާގައި ދައުރުވި، އަދި ފުލުހަކު
ނަގާފައިވާ ކަމަށް ބެލެވޭ މި 1 މިނެޓްގެ ވީޑިއޯ އަހަރެންގެ ޔޫޓިއުބް ޗެނަލްގެ ތިރީގައި މިވާ ލިންކުން
ބަލައިލާށެވެ:
މި ކަންތައްތަކާ ގުޅިގެން ރާއްޖޭގައި ހިނގާފައި ހުރި ބުޅަލަށް ހަމަލަ
ދިނުމާއި ގޯނާ ކުރުމުގެ ތާރީހަށް ބަލާލާފައި އަހަރެން ރިޕޯޓެއް ތައްޔާރު ކުރީމެވެ.
މައުލޫމާތު ލިބުމުގައި ކުޑަކޮށް ލަސްވުމުގެ ސަބަބުން ދެ ނުގުތާއެއް މި ރިޕޯޓްގައި
ހިމަނާ ނުލެވުނެވެ؛ އެއް ކަމަކީ ކުދި ބުޅާ ގަންބައިގެން މަރާލުމެވެ. އަދި ބޮޑެތި
ބުޅާ ނޭވާ ހާސްކޮށްލައިގެން މަރާލާފައި ވުމެވެ. މި ރިޕޯޓް "އަދިވެސް އޮންލައިން"
މަޖައްލާގެ ތިރީގައި މިވާ ލިންކުން ކިޔާލާށެވެ:
ރައީސް ޑރ. މުއިއްޒުގެ މި އިސްނެންގެވުމަށް ދިވެހިންނާއި އަދި ބިދޭސީން ވަނީ
މަރުހަބާ ކިޔައިފައެވެ. ނަމަވެސް ރާއްޖޭގައި ބުޅަލަށް ފަހި މުސްތަގުބަލެއް
އެބައޮތްތޯ އެނގެން ދުވަސްތަކެއް ވާނެ ކަމަށް ބެލެވެއެވެ.
ގެދޮރު ނެތް ބުޅަލަށް ހިޔާވަހިކަން ދޭން ހާއްސަ ތަނެއް ހެއްދެވުމަށާއި، ބުޅަލަށް ބޭނުންވާ އެކި ފަރުވާތައް އަތްފޯރާ ފަށުގައި ދެއްވުމަށް "ވެޓް"ގެ ހިދުމަތް ތައާރަފު ކުރެއްވުމަކީ، މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ޑރ. މުއިއްޒު ހުށަހަޅުއްވާފައިވާ ވައުދެކެވެ.
No comments:
Post a Comment