Wednesday, July 26, 2023

ޠަބީޢިއްޔާތު : ތަޠައްވުރު ނަޒަރިއްޔާ ބާޠިލުކޮށް އުވާލައި

 

މުސްލިމު ޢިލްމުވެރީންގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ޤަބޫލުކުރައްވާ ގޮތުގައި ތަޠައްވުރު ނަޒަރިއްޔާ ( evolution theory )މިހާރު ވަނީ އޭގެ ނުރަނގަޅުކަން ސާބިތުވެ ބާޠިލުވެ މުއްދަތު ހަމަވެގެން އަރްޝީފުކުރެވިފައެވެ. މިއަދު އެއީ ފިކްރީ މަސްއަލައެއް ނޫނެވެ.

 

 

ވޭތުވެދިޔަ ދަހަރުގެތެރޭގައި ތަޠައްވުރު ( Evolution ) ނަޒަރިއްޔާއަށް ތާއީދުކުރާ މީހުންނާއި ޚަލްޤު ކުރުމުގެ ( Creation ) ނަޒަރިއްޔާއަށް ތާއީދުކުރާ މީހުންނާ ދެމެދުގައި އެމެރިކާގެ ޔުނިވަރސިޓީތަކާއި ޓީވީ ޗެނެލްތަކުގައި ދުއިސައްތައެއްހާ ބަހުސް ބޭއްވިފައި ވެއެވެ

 

ތަޠައްވުރުގެ ފުރޫޒު ބުނަނީ : ކައުނު އޮތީ ވަރަށް ބިދާއީ ޙާލަތެއްގައެވެ. ބައު ނަޒަރިއްޔާ ބުނާގޮތުގައި ނަމަ ވިލާކޮޅުތަކަކާއި ގޭސްތަކެކެވެ. ފަހުގެ ނަޒަރިއްޔާ ބުނާގޮތުގައި ނަމަ އޮތީ ކައުނީ ސުރުވާއެކެވެ. އެއީ ބޮޑު ގޮވުން ( BIG BANG ) އެވެ. އެއީ މާއްދާއާއި ހަކަތައިގެ މަސްހުނިގަނޑެކެވެ. ކުޑަކުޑަ ބޯޅައެއްގެ ގޮތުގައި ވަރަށް ބޯކޮށް އޮތް އެއްޗެކެވެ.އެއިން ޒައްރާތައް އުފެދުނެވެ.އެއަށްފަހު ޖުޒައިތައް ( މޮލިކިޔޫލް) އުފެދުނެވެ.ވަގުތުތައް ފާއިތުވަމުން ފާއިތުވަމުންދިޔައިރު އޭއްޗެހިތައް މުރައްކަބު އެއްޗެހިތަކަކަށް ބަދަލުވިއެވެ. އެއަށްފަހު ވަރަށް ހިމުންކަން ބޮޑު ނިޒާމަކަށް ބަދަލުވިއެވެ. އެބަހީ ކައުނު ގަޑުބަޑުކަމުގެ ތެރެއިން ނިޒާމަށް ބަދަލުވިއެވެ. ސާދާކަމުން ތައުގީދުކަމަށް ބަދަލުވިއެވެ. މި ހުރިހާ ކަމެއް ހިނގައިފައި ވަނީ އަނާދިރުކޮށް އިއްތިފާޤީ ގޮތަކަށެވެ. ކައުނުގެ ޢުމުރުގެ އެތައް ބިލިއަން އަހަރެއްގެ ތެރޭގައެވެ. އެމީހުންގެ ނަޒަރުގައި ތަޠައްވުރުވީ ހަމަ އެކަނި އިންސާނުންނެއް ޖަނަވާރުންނެއް ނޫނެވެ. އެއް ހަތާގެ ދިރޭ އެއްޗެއްސެވެ. މުޅި ކައުނު ވެސް ތަޠައްވުރުވީއެވެ.ކައުނު އުފެދުނީއްސުރެ މިހާރުގެ މުރައްކަބު ތައުގީދީ ޙާލަތަށް ބަދަލުވަންދެން ތަޠައްވުރުވީއެވެ. ޙަޔާތް އުފެދި ފާޅުވުމާ ހަމައަށް އަޅުގަނޑުމެންގެ ގުރަހަ ވަނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. މި ޙަޔާތުގެ ކުށިބޯށްޓަކީ އިންސާނާ ފާޅުވުމެވެ. ތަޠައްވުރުގެ އެންމެ އުސް ކުންނުއަކީ އިންސާނާގެ ސިކުނޑިއެވެ

 

ފުރިހަމަ ރިޕޯޓް ދިޔަރެސް ނޫހުން ވިދާޅުވޭ

3 comments:

  1. Anonymous2:08 AM

    އިވޮލިއުޝަން އާއި ބިގް ބޭންގް ތިއަރީ އާ ދެކޮޅަށް ދިވެހި ބަހުން ލިޔެފައިވާ ފޮތެއް އަސްރަފީ ބުކްޝޮޕްގައި ވިއްކަން އެބަހުރި

    ReplyDelete
  2. Anonymous9:05 AM

    500 years after Nicolaus Copernicus and Galileo Galilei were accused of heresy when they declared the heliocentric theory, there are still millions of people who believe they are living on a giant flat dish resting on the back of a turtle at the center of the universe.

    What lies below the turtle, madam? Another turtle. And how about below that turtle? It's just turtles all the way down, stupid.

    ReplyDelete
  3. Anonymous11:19 AM

    This article's writer erroneously thinks just because some Sheikhs believe in something that makes it scientifically true. I find ijma also ridiculous because that's based on Sheikhs' opinions. Where we have no answers, it's best to accept that fact and move on.

    ReplyDelete