Tuesday, July 25, 2023

މާޑުބީޗަކީ ހިތްފަސޭހަ، ހިތްގައިމު ބީޗެއް!

އަލިފުށީ މާޑުބީޗަކީ ވަރަށް ގިނަފަރާތްތަކަކުން ދަތުރު ގޮސް ހަދައި ހިންގައިމު މަންޒިލެކެވެ.

 

ޚާއްޞަކޮށް އަލިފުއްޓަށް ޗުއްޓީ ހޭދަ ކޮށްލުމަށް އައި އަލިފުށީ ރައްޔިތުންނާއި އެހެނިހެން ވެސް ފަރާތްތަކުން އެތަން ބޭނުންކުރަމުން ދިޔައީ މަޖާކޮށް، ކުޅިވަރުތައް ކުޅެ، ކެއުމާއި ބުއިމަށެވެ. 

 

ޢާއިލާގެ މެންބަރުންނާއި ، އެކުވެރިންނާއި އެކު މަޖާކޮށް ހިތްހަމަ ޖައްސާލަން މާޑުބީޗަކީ ހަމަ އެންމެ ހިތްގައިމު ބީޗެއް ގޮތުގައި ގިނަމީހުން ގަބޫލުކުރެއެވެ. 

 

މާޑުބީޗަކީ ހިތްގައިމު ބީޗެއް ގޮތުގައި ބޭއްވުމަށް ރ.އަލިފުށީ ނަރުގިސްވިލާ ޢަލީ މޫސާގެ ( އަލިބެގެ ) މަސައްކަތް ފާހަގަކޮށް ޢަލިބެއަށް ޝުކުރު އަދާކުރާ ކުރަންޖެހެއެވެ. 

 

މުޅި ބީޗު ސާފުކޮށް، މުޅި ބީޗުގެ ހުރިހާ އަންތިޒާމެއް ހަމަޖައްސަނީ އަލިބެއެވެ. ޢަލިބެގެ ބުރަ މަސައްކަތުންނެވެ.

 

މަސްދަރު: އަލިފުށި މިހާރު

(އަލިބެ އަކީ އަހަރެންގެ ޅިޔަނެއްގެ ބައްޕައެވެ.)

No comments:

Post a Comment